ކުއްޔަށް ހިފުން
ނަންބަރު: GS68/2016/37
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 21 ނޮވެންބަރު 2016 11:30
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލަށް ގެއެއް (ފަރުނީޗަރާއެކު) 2017 ވަނަ އަހަރަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016