ކުއްޔަށް ހިފުން
ނަންބަރު: (ILU)GS08/2016/40
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 24 ނޮވެންބަރު 2016 10:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

2017 ވަނަ އަހަރު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް 2 ކޮޓަރިއާއި އެޓޭޗް ފާޚާނާ، ސިޓިންގރޫމް ބަދިގެ އަދި ކާގެ ހިމެނޭގޮތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016