ކުއްޔަށް ހިފުން
ނަންބަރު: GS42/2016/40
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 22 ނޮވެންބަރު 2016 13:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގެ ކުއްޔަށް ހިފުން

2017 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދޫކުރަން ގަސްތުކުރައްވާ ފަރާތްތަކުން 22 ނޮވެންބަރު 2016 ވާ އަންގާރަދުވަހުގެ 13:00 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެންބަރު 2016 ވާ އާދީއްތަދުވަހުގެ 13:00 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680021 ފޯނު ނަންބަރަށެވެ.

އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

15 ނޮވެންބަރު 2016