ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާ ބެހޭ
މި ފެކަލްޓީގެ ނަންބަރު: 2016/06/MED/153-FHS ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
އެ އިޢުލާނުގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މި ދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ޑިސެންބަރު |
5 |
2 |
ޖަނަވަރީ |
9،23 |
3 |
ފެބުރުވަރީ |
6،20 |
4 |
މާރިޗު |
6،20 |
5 |
އެޕްރީލް |
13،17 |
6 |
މޭ |
2،15،29 |
7 |
ޖޫން |
12،28 |
އިމްތިޙާނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
-
އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
-
އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ހާޒިރުވުން.
-
އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ)، ނެޝަނަލް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދިވެއްސެއްނަމަ)، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދާއި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެ ބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެނައުން.
އިތުރު މަޢުލޫމާތު މި ފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓު: 2016 ޑިސެންބަރު 5 ވަނަ ދުވަހުގެ ފަހުން ދެން ކޮމްޕީޓަންސީ އެގްޒާމް އޮންނާނީ 2017 ޖަނަވަރީ 09 ވަނަ ދުވަހުކަން މަޢުލޫމާތަށްޓަކއި ދެންނެވީމެވެ.
16 ޞަފަރު 1438