ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަސައްކަތްކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓް
އަސާސީ މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
މި މަޤާމަށް ލިބޭ އެލަވަންސް:
- ސަރވިސް އެލަވަންސް: މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)،
- ލިވިންގ އެލަވަންސް: މަހަކު /-2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)،
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 އަދި
- ކަނޑައެޅިފައިވަ އުސޫލުން އިތުރުގަޑީގެ ފައިސާ.
އަސާސީ ޝަރުޠު:
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ،
2. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1. ކޯޓުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ފައިސާއާ ގުޅޭ މަސައްކަތްތައް ކުރުން.
2. ޝަރީޢަތުގެ މަޖިލީސް ބެލެހެއްޓުމާއި، ޝަރީޢަތާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
ސުންގަޑި:
2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- މައިކްރޯސްފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.
އިތުރު މަޢުލޫމާތު:
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6680793 ނަންބަރު ފޯނަށެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެއެވެ.
- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.
14 ޞަފަރު 1438