ދިވެހިރާއްޖެ
އިޢުލާން
ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮޝީބާ، އަދި ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް ސާރވިސް ކުރުމަށް ކުރެވުނު 2016/69 /SP-145 (08 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ޓޮޝީބާއާއި ކެނޯން ބްރޭންޑްގެ މެޝިންތައް ސާރވިސްކުރުމަށް އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮޝީބާ، އަދި ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމާއި، 2 އަހަރުދުވަހުގެ މުއްދަތަށް ސާރވިސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހޯދަން ބޭނުންވާ ޚިދުމަތާގުޅޭ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.