ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ސާވިސް އެސިސްޓެންޓް / ގރ. 1
ޢަދަދު: 2
މުސާރަ: މަހަކު -/3240 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސާރވިސް ސެންޓަރ
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާ އާއި -/2000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވ.
- މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ޓެކްނީޝަނުންނާއެކު އެއާކޮންޑިޝަން އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކުރުން
- ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަނާއި، އެއާކޮންޑިޝަނިންގގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން
- އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން
ތަޢުލީމާއި ތަޖްރިބާ:
- ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި ބަހާއި، ދިވެހި ބަހުން ލިޔަންކިޔަން އެގުން.
އެހެނިހެން ހުނަރު:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
- ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:
ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
15 ޞަފަރު 1438