މަސައްކަތް
ނަންބަރު: (IUL)202-A/1/2016/105
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 22 ނޮވެންބަރު 2016 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

އެއްގަމު ލައިސަންސް ކާޑުގައި ބޭނުންކުރާ ހޮލޯގްރަފިކް އޯވަރލެމިނޭޓް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު 1(IUL)202-A/1/2016/10 އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި ތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ތަކެތި މި އޮތޯރިޓީއަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

14 ޞަފަރު 1438

15 ނޮވެންބަރު 2016