ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު:GS-109/IUL/2016/63 (24 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް 2017 ވަނަ އަހަރަށް މި ސްކޫލުގައި ކުރަން ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
# |
ޕްރޮޖެކްޓްގެ ނަން |
01 |
ބޯފެނުގެ ނިޒާމް މަރާމާތުކުރުން |
02 |
ފައުންޑޭޝަން ލެވެލްގެ ދަރިވަރުންކުޅޭ ޞަރަހައްދު ހިޔާކުރުމާއި އެހެނިހެން މަރާމާތުކުރުން |
03 |
ސްކޫލް ގޯތިތެރޭގައި ލައިޓްޖަހާ ދިއްލުން |
04 |
ކްލާސްރޫމްތަކުގައި ކުލަލުން |
05 |
ސްކޫލް ނަންބޯޑުތައް ހެދުމާއި ބައެއް ނަންބޯޑް މަރާމާތުކުރުން |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 11:00 |
2016 ނޮވެންބަރު 30 ވާ ބުދަ ދުވަހުގެ 11:00 |
ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް މާލީ ޤާބިލުކަން: 05 ޕޮއިންޓް
ތަޖުރިބާ: 05 ޕޮއިންޓް މުއްދަތު: 10 ޕޮއިންޓް
ކުންފުނި، އިންވެސްޓްމަންޓް، އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފްކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެ ބޭފުޅަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، ކޮން އިންވެސްޓްމަންޓެއް، އަދި ކޮން ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.