ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
|
| 
 
 ޢިނާޔަތްތައް:  | 
 1. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި، އަސާސީ މުސާރައިގެ %35 2. ރިސްކު އެލަވަންސްގެގޮތުގައި، ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ  | 
|
| 
 ސެކްޝަން:  | 
 ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން (ސޭފްޓީ ނެޓްސް)  | 
|
| 
 
 
 މަޤާމުގެ ޝަރުޠު:  | 
 ތަޢުލީމީ ފެންވަރު: 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މަސައްކަތުގެ ތަޖުރިބާ: އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާޢިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
|
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 1. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީއަށް އެދި މި އެޖެންސީއަށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނިންމުމާއި، އެފަރާތްތަކަށް ޖަވާބުދިނުން. 2. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ލިބެމުންދާ ފަރާތްތަކަށް އެހީ ހަމަޖައްސާދިނުމުގައި ބަލާ ޝަރުޠަކަށް ބަދަލެއް އައިސްފައިވޭތޯ ބަލައި، ހާލަތު ބަދަލުވެފައިވާކަމަށް ސެކްޝަނަށް ފާހަގަކުރެވޭ ފަރާތްތަކާއި މޮނިޓަރިންގ ސެކްޝަނުން ހާލަތު ބަދަލުވެފައިވާކަމަށް އަންގާ ފަރާތްތައް، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފްތަރުން އުނިކުރުމަށް، ކަމާ ގުޅުންހުރި ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުނިކުރެވޭ ފަރާތްތަކަށް ލިޔުމުން އެކަން އެންގުމަށް ލިޔުން ތައްޔާރުކޮށް ޑިސްޕެޗްކުރުމަށް އެޑްމިން ސެކްޝަނާ ހަވާލުކުރުން. 3. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ދިނުމުގެގޮތުން ކޮންމެ މަހަކު އެހީ ލިބޭ ފަރާތްތަކުގެ ލިސްޓް، އެކަމަށް ކަނޑައެޅިފައިވާ ޑޭޓާބޭސްއިން ޖެނެރޭޓް ކުރުމަށްފަހު ބަޖެޓް ސެކްޝަނާ ހަވާލުކުރުން. 4. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ލިބެމުންދާ ފަރާތްތަކަށް ކޮންމެ މަހަކު ދޭ އެހީގެ ތަފާސްހިސާބު ބެލެހެއްޓުން. 5. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ބަދަލުވުމާ ގުޅިގެން އިތުރަށް ފައިސާ ދެވިފައިވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު އެފަރާތްތަކަށް ފޮނުވިފައިވާ ލިއުމުގެ ކޮޕީތައް މެމޯއިން، މޮނިޓަރިންގ ސެކްޝަނާ ހަވާލުކުރުން. 6. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީއާ ގުޅޭގޮތުން ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބުދިނުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  | 
|
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
|
| 
 ސުންގަޑި:  | 
 2016 ނޮވެންބަރު 28 ހޯމަދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުވުން އެދެމެވެ.  | 
|
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 - އިންޓަވިއުކުރުން، 2016 ޑިސެންބަރުމަހުގެ ތެރޭގައި ނުވަތަ 2017 ޖަނަވަރީމަހުގެ ތެރޭގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އެޖެންސީގެ 1402 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
|
15 ޞަފަރު 1438