ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މަދަރުސާގެ ވަށާފާރުގައި ކުލަލުމަށާއި، ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މަދަރުސާގެ ނަންބަރު: GS33/2016/31 އިޢުލާނާ ގުޅިގެން ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތަށް ބިޑް ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާނުގައިވާ، ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ސްކޫލުގެ ގޯތިތެރޭގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:30 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން. |
2016 ނޮވެންބަރު 23 ވަނަ ދުވަހުގެ 13.30 އަށް ސްކޫލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން. |
އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުއްވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ފޯން ނަންބަރު 6600034 ނުވަތަ 9659595 ފޯނަށެވެ.