ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި މިދަންނަވާ ނެޓްވޯކިންގ ކޭބަލް މިހޮސްޕިޓަލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
QTY |
Part no: |
Description |
Item # |
12 |
DAC-QSFP-4SFP-10G-5M |
QSFP+toxSFP+Breakout Direct Attach Cable,5ml |
1 |
22 |
DAC-SFP-10G5M |
SFP+to SFP+,10GbE Copper Twinax Direct Attach Cable, 5 meters |
2 |
40 |
DAC-SFP-3M |
SFP+to SFP+10GbE copper Twinax Direct Attach Cable, 3 metters |
3 |
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު
- ސަޕްލައިކޮށްދެވެނެ އަގު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
- ކުންފުނީގެ މަޢުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
- ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ނޮވެންބަރު 2014 އިން ފެށިގެން އޭޕްރިލް 2016 ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
- ވޭތުވެދިޔަ ތިން މަސްދުވަހުގެ (އޮގަސްޓު 2016 އިން އޮކްޓޫބަރު 2016ގެ) އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަން ވާނެއެވެ.
- ވޮރަންޓީ ސިޓީ – ވޮރަންޓީ ދޭ ފަރާތުން އައި.ޖީ.އެމް.އެޗަށް ވޮރަންޓީ ދޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި އުފައްދާ ފަރާތުގެ ހުއްދައިގެ ލިޔުން.
ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
1 |
އަގު |
75 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާރކްސް ލިބޭ ގޮތަށް ފްރެކްޝަން އުސޫލުން |
2 |
ތަޖުރިބާ |
10 |
މަސައްކަތާ ގުޅުން ހުރި 01 ލިޔުމަށް – 2.5 މާރކްސް މަސައްކަތާ ގުޅުން ހުރި 02 ލިޔުމަށް – 5 މާރކްސް މަސައްކަތާ ގުޅުން ހުރި 03 ލިޔުމަށް – 10 މާރކްސް |
3 |
މުއްދަތު |
5 |
އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތައް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
4 |
މާލީ ހާލަތު |
10 |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓް ރިޕޯަށް ބަލާފައި |
އަންދާސީހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް ނެޓްވޯކިންގ ކޭބަލް ސަޕްލައިކޮށްދިނުމާގުޅޭ އިއުލާނުކަމާއި އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހު 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގައެވެ. އަދި ބިޑްތައް ހުޅުވާނީ ބިޑު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާޠިލުކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނާފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭ ފަރާތާ ތިމާގެކަމުގެ ގުޅުމެއް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެފައި، އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.