ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA/FS/2016/364
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 29 ނޮވެންބަރު 2016 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 2 ވަނަ ބުރު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 2 ވަނަ ބުރު ބޭއްވުމާބެހޭ


އިޢުލާން

ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް ވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިނގިރޭސިބަހުގެ އެންޓްރެންސް އިމްތިޙާނެއް މި ސެންޓަރުން ދަނީ ދެމުންނެވެ. މިގޮތުން 2017 ވަނަ އަހަރު ޖަނަވަރީމަހުގައި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް 2016 ޑިސެންބަރު 03 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި އިމްތިޙާން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނު ބާއްވާނެ ތަން، ބައިވެރިންނަށް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.  

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެ ފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭ ގޮތް:

އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ނުވަތަ އިމްތިޙާން ހަދަން ބޭނުންވާ ކެމްޕަހުގެ އޮފީހަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) ދައްކައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒަށް ނުވަތަ ކެމްޕަހުގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިނގިރޭސިބަހުގެ އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު، ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނާއި ކެމްޕަސްތަކުން ލިބެން ހުންނާނެއެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިމްތިޙާނުގެ ނަތީޖާ 2016 ޑިސެންބަރު 11 ވާ އާދީއްތަ ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުނާއި އިމްތިޙާން ހެދި ކެމްޕަހަކުން ލިބެން ހުންނާނެއެވެ.

13 ނޮވެންބަރު 2016