މަސައްކަތް
ނަންބަރު: (IUL)253/253/2016/116
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 29 ނޮވެންބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ހއ.މާރަންދޫގެ ބަނދަރު ސަރަޙައްދުގައި، ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. ބީލަންފޮތް، ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 14:00 އަށް، ހއ.މާރަންދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
  3. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 ގައި ހއ.މާރަންދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 ގައި ހއ.މާރަންދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. "(ރަށުގެ ނަން)ގެ (ކަޅުހަން ބަހައްޓަން ބޭނުންވާ ސަރަޙައްދުގެ ނަން) ގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަންފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ހުށަހެޅޭނީ ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016