ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
|
| ޢިނާޔަތްތައް: | 
 1. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %35 2. ރިސްކު އެލަވަންސްގެގޮތުގައި، ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ  | 
|
| 
 ސެކްޝަން:  | 
 އެގްޒެކްޓިވް ބިއުރޯ  | 
|
| 
 މަޤާމުގެ ޝަރުޠު:  | 
 ތަޢުލީމީ ފެންވަރު: - އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މަސައްކަތުގެ ތަޖުރިބާ: އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
|
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 1. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީގެ އެގްޒެކްޓިވް ބިއުރޯއަށް ހުށަހަޅާ ސިޓީތަކަށް، އެޖެންސީ އިސްވެރިންގެ އިރުޝާދުގެ ދަށުން ޖަވާބުދީ، އެކަން އެފަރާތްތަކަށް އެންގުން. 2. ބޭސްފަރުވާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހަމަޖެހޭ ފަރާތްތަކަށް އާސަންދަ ކުންފުނި މެދުވެރިކޮށް އެހީ ހަމަޖައްސާނަމަ، އެފަރާތްތަކުގެ މަޢުލޫމާތު އާސަންދައަށް ފޮނުވުމާއި، ފައިސާ ހަމަޖެހޭ ފަރާތްތަކަށް އެޖެންސީގެ ބަޖެޓަށް މަޢުލޫމާތު ފޮނުވައި، އެކަން ހަމަޖެހޭނެ އިންތިޒާމް ހަމަޖެއްސުން. 3. އެގްޒެކްޓިވް ބިއުރޯގެ ފަރާތުން އާސަންދަ ކުންފުނި މެދުވެރިކޮށް ބޭސްފަރުވާގެ އެހީގެ ހަމަޖައްސައިދޭ ފަރާތްތަކުގެ ބިލް ލިބުމުން، އެ ކުންފުންޏަށް ފައިސާ ހަމަޖައްސައިދިނުމަށް ބަޖެޓަށް ފޮނުވުން. 4. ބޭސްފަރުވާގެ ކަންތައްތަކުގައި އެޖެންސީގެ ސީ.އީ.އޯ އާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމާއި، އެފަރާތްތަކަށް ސީ.އީ.އޯ އާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. 5. އެޖެންސީގެ ޖެނެރަލް އެންޓްރީއަށް ލިބޭ ލިޔެކިޔުންތައް، އެޖެންސީގެ އިސްވެރިންގެ އިރުޝާދުގެދަށުން އެސައިންކުރެވުމުން ސެކްޝަންތަކަށް ހަވާލުކުރުން. މިގޮތުން، މި އެޖެންސީގެ އެނެކްސް ހިންގާ އިމާރާތްކަމަށްވާ މ. މޫކައިއަށް ފޮނުވަންޖެހޭ ލިޔުންތައް ހަމަޖެހިފައިވާ އުސޫލުން ފޮނުވުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އެޖެންސީގެ www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ހިމެނޭ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
|
| 
 ސުންގަޑި:  | 
 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުވުން އެދެމެވެ.  | 
|
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 - އިންޓަވިއު ކުރުން، 2016 ޑިސެންބަރުމަހުގެ ތެރޭގައި ނުވަތަ 2017 ޖަނަވަރީމަހުގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިއެޖެންސީގެ 1402 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
|
15 ޞަފަރު 1438