ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި މަރުކަޒުގެ ނަންބަރު (2016/10/19)(IUL)GS-38-A/GS-38/2016/24 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށްފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
- ސްކޫލުގެ 10 ކްލާސްރޫމުގައި ކުލައާއި ދަވާދުލުން
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަނުވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގެންނެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.
- ހުށަހަޅުއްވަންޖެހޭ ތަކެތި:
1. އަންދާސީހިސާބު (ޕްރޮޕޯޒަލް)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ