މަސައްކަތް
ނަންބަރު: (IUL)251-MS/251/2016/104
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 21 ނޮވެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދިއްދޫގައި ޢިމާރާތްކުރާ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުގެ ޢިމާރާތުގައި މިހާރު ނުނިމިހުރި މަސައްކަތްކޮށް ނިންމުމަށާއި، ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ބިޑް ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރިއެއްނުވެވޭނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016