ނީލަން
ނަންބަރު: FNK-B/IUL/2016/321
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 17 ނޮވެންބަރު 2016 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަމާ ބެހޭ

އިޢުލާން

ނީލަން ކިއުމާބެހޭ

އައިޓީ އާ ގުޅޭ ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށްޓަކައި 4 އޮކްޓޫބަރު 2016 ގައި ކުރި ނަންބަރު FNK-B/IUL/2016/273 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ ދެވަނަ އިޢުލާން ކުރަމެވެ.

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/4287 ރ (ހަތަރު ހާސް ދުއިސައްތަ އަށްޑިހަ ހަތް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/300 ރ (ތިން ސަތޭކަ ރުފިޔާ) އެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހު 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެ ތަކެތި ބައްލަވާލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ.

މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެ ތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

10 ޞަފަރު 1437

14 ނޮވެންބަރު 2016