މަސައްކަތް
ނަންބަރު: ms/2016/19
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 21 ނޮވެންބަރު 2016 11:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

* ބައެއް ލެބް، ކުލާސްރޫމަށް ބަދަލުކުރުން

* ކުލާސްރޫމްތަކުގެ ބިއްލޫރި ދޮރުތަކުގެ މަރާމާތާއި، ބައެއް ދޮރު ބަދަލުކުރުން.

* ކޮމްޕިއުޓަރު ލެބް އެހެން ތާކަށް ބަދަލުކުރުން.

* ބައެއް ކުލާސްރޫމްގެ ތަށިމުށި ބަދަލުކުރުން.

* އޮފީސް އިމާރާތުގެ ބައެއް ތަންތަން މަރާމާތުކުރުމާއި ފާރު ތެޅުމާއި ފާރު ރޭނުން.

* ސްކޫލުން ކުލައާއި ދަވާދު ދިނުމުން ކުލައާއި ދަވާދުލުން.

* ސްކޫލުގައި ކުނި ބަހައްޓާ ސަރަހައްދު ހިޔާކުރުން.

* އިމާރާތުގެ 3 ބަޔަކަށް ކަތުރުފަނިމަރާ ބޭސްޖެހުން.

* ވޯކްވޭއެއް ހަދައި ހިޔާކޮށްދިނުން.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާ ފަރާތްތަކުން އަމީރު އަޙްމަދު މަގުގައި ހުންނަ މި ސްކޫލްގެ އޮފީހުގެ ގޭޓުން ވެންނެވުން އެދެމެވެ.                                            

14 ނޮވެންބަރު 2016