މަސައްކަތް
ނަންބަރު: (IUL)GS-38-A/GS-38/2016/27
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 20 ނޮވެންބަރު 2016 11:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަރުކަޒުގެ ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި މަރުކަޒުގެ ނަންބަރު (IUL)GS-38-A/GS-38/2016/24  (2016/10/19) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށްފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

1– ސްކޫލުގެ 7 ކްލާސްރޫމާއި އޮފީސް އަދި ސްޓާފްރޫމުގެ ފަންކާތައް ބަދަލުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ، ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަންޖެހޭ ތަކެތި:

    1. އަންދާސީހިސާބު (ޕްރޮޕޯޒަލް)

    2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    3. މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

09 ނޮވެންބަރު 2016