މަސައްކަތް
ނަންބަރު: (IUL)241-B/241/2016/49
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 16 ނޮވެންބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ މަރާމާތު ކުރުމާބެހޭ

އިޢުލާން

އަތޮޅުގެ މަރާމާތު ކުރުމާބެހޭ

މިނިސްޓްރީ އޮފް ހޯމް އެފެއާޒް މެދުވެރިވެވަޑައިގެން ކުރަން ހަމަޖެހިފައިވާ، މިއަތޮޅު އަތޮޅުގޭގެ ތިރީގައި މިދަންނަވާ މަރާމާތުގެ މަސައްކަތް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- ފާޚާނާތަކުގެ މަސައްކަތް

2- ފަރނީޗަރުގެ މަސައްކަތް

3- އޭސީ ބަދަލުކުރުމުގެ މަސައްކަތް

4- އިލެކްޓްރިކް މަސައްކަތް

5- ދޮރުފޮތި އާކުރުމުގެ މަސައްކަތް

6- ވަޑާމުގެ މަސައްކަތް

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 13.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ކޮންމެ ބައެއް ވަކިންނެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް     %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް         % 15  
  • ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާކްސް      % 15  
  • މާލީ ތަނަވަސްކަމަށް               % 10      

މިހެންވެ މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016