ދިވެހިރާއްޖެ
އިޢުލާން ފާޚާނާ މަސައްކަތް ކުރުމާބެހޭ: މި މަދަރުސާގައި 4 ފާޚާނާ ހަދަން ބޭނުންވެއެވެ. މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ. މިމަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު 32 (IUL)GS-51-Dpt-101/INDIV/2016/ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލު ކުރީމެވެ. |