މަސައްކަތް
ނަންބަރު: GS123/IUL/2016/46
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 16 ނޮވެންބަރު 2016 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ސްކޫލުގައި ކުރަންވެފައި ހުރި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ސްޓާފްރޫމުގައި ޓީޗަރުންނަށް ފާޚާނާއެއް ހެދުން
  2. ކްލާސްރޫމުތަކުގައި ހުރި 2 ކުޑަދޮރު ބަދަލުކުރުމާއި، ދޮރުފަތްތަކުގެ ތަންޑު ބަދަލުކުރުން
  3. ފެންހަންތަކުގެ ފެންލީކު ރަނގަޅުކުރުމާއި، ފެންވައިރު ބަދަލުކުރުން
  4. ފައުންޑޭޝަން ކުލާހުގެ ކަރަންޓް ވައިރިންގ ރަނގަޅުކުރުން.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތްތަކަށް އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތަކަށްވެސް ވަކި އަންދާސީހިސާބެކެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

7 ޞަފަރު 1438 

07 ނޮވެންބަރު 2016