މަސައްކަތް
ނަންބަރު: GS124/IUL/2016/40
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 23 ނޮވެންބަރު 2016 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ނަންބަރު GS124/IUL/2016/35 (26 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • ސްޓާފްރޫމާއި އޮފީސް އިމާރާތުގެ ތިނބި ދަށުން ފެން ފޭބުން ހައްލުކުރުމާއި، ސީލިންގުގައި ހަލާކުވެފައިވާ ފިލާތައް ބަދަލުކުރުން.
  • އޮފީހާއި ސްޓާފްރޫމް ހިމެނޭ ޢިމާރާތާއި 5 ކުލާސްރޫމް ހިމެނޭ އިމާރާތުގެ ކޮޅުފިލާ ބަދަލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވައި ހުށަހަޅުއްވާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016