މަސައްކަތް
ނަންބަރު: GS120/2016/IU/30
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 17 ނޮވެންބަރު 2016 13:30
ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކުރުން

އިޢުލާން

ސްކޫލްގެ ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކުރުން

މި ސްކޫލުގެ ނަންބަރު: GS120/2016/24 (6 އޮކްޓޫބަރު 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ބިޑު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުން، ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:30 ގައި

2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:15 ގެ ކުރިން

ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމުގައި

ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމުގައި

8 ޞަފަރު 1438

08 ނޮވެންބަރު 2016