ދިވެހިރާއްޖެ
ސްކޫލްގެ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން
މި ސްކޫލުގެ ނަންބަރު: GS120/2016/23 (5 އޮކްޓޫބަރު 2016) ގެ އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، ބިޑު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގެ އާއިމާރާތުގައި މިހާރު ހުރި ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
| މަޢުލޫމާތު ސާފުކުރުން | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި  | 
 2016 ނޮވެންބަރު 28 ވާ ހޯމަަދުވަހުގެ 14:00 ގެ ކުރިން  | 
| 
 ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމްގައި  | 
 ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމަށް  | 
8 ޞަފަރު 1438