ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ކ.ގުރައިދޫގައި އަލަށް ހެދޭ ޒުވާނުންގެ މަރުކަޒުގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)338-MS/338/2016/34 އާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ.ގުރައިދޫ ކައުންސިލުގެ އިދާރާ |
17 ނޮވެންބަރު 2016 |
ބުރާސްފަތި |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ކ.ގުރައިދޫ ކައުންސިލުގެ އިދާރާ |
22 ނޮވެންބަރު 2016 |
އަންގާރަ |
11:00 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
10 ޞަފަރު 1438