ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2016/26
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 21 ނޮވެންބަރު 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

- ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

- ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1 (އެކެއް)

ބޭނުންވާ އަދަދު:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  ނުވަތަ؛

3. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު:

 

1. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ، ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭކޮށް އަގުތައް ހޯދުން.

2. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމާއި، އެ ސަރވޭއިން އެކުލަވައިލެވޭ މަޢުލޫމާތު ގަވާއިދުން ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް، މި ހިސާބުތައް އާންމުކުރުން.

3. ސީ.ޕީ.އައި ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ، ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭގެ ތެރެއިން ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލަކު، ގދ. ތިނަދޫގެ އަގުތައް، ކަނޑައެޅިފައިވާ ވަގުތަށް ހޯދުން.

4. މުޅިރާއްޖޭގެ ސީ.ޕީ.އައި އާއި އިންފްލޭޝަން ރޭޓާބެހޭ ދިވެހި ލިޔުމާއި އިނގިރޭސި ލިޔުން ތައްޔާރުކުރުކޮށް އާންމުކުރުން.

5. ސި.ޕީ.އައި  އަގުތައް  ޓެބްލެޓް  ބޭނުންކޮށްގެން  ނެގުމަށްޓަކައި  ސެޓަޕްތައްޔާރުކޮށް،  މާލެ،  ހދ.  ކުޅުދުއްފުށި،  ސ.  ހިތަދޫ، ޏ. ފުވައްމުލަކު، ގދ. ތިނަދޫގެ މުވައްޒަފުންނަށް ޓްރޭނިންގ ދިނުމާއެކު، މިކަން ހިންގައި ރޭވުން.

6. ސީ.ޕީ.އައި ގައި ހިމެނުމަށް އިތުރު ރަށެއް ނަގަންޖެހޭތޯ ބަލައި، ނަގާނެ ރަށްރަށް ފާހަގަކުރުން.

7. ޕްރޮޑިއުސަރ ޕްރައިޒް އިންޑެކްސް ރިބޭސްކުރުމަށްޓަކައި އައު ތަންތަން ހޮވައި، ވެއިޓްސް ތައްޔާރުކުރުމާއި، ރިބޭސްޑް ޕީ.ޕީ.އައި އަށް ބޭނުންވާ އެކްސެލް ސެޓަޕް ތައްޔާރުކުރުން.

8. އިންޓަނޭޝަނަލް  ކޮންޕެރިޒަން  ޕްރޮގްރާމް  (އައި.ސީ.ޕީ)  ގެ  ދަށުން  އަގުތައް  ނެގުމަށްޓަކައި ފިހާރަތަކާއި  އައިޓަމްތަކުގެ  ސްޕެސިފިކޭޝަން  ތައްޔާރުކޮށް،  މާލެ،  ހދ.  ކުޅުދުއްފުށި،  ސ.  ހިތަދޫ، ޏ. ފުވައްމުލަކު، ގދ. ތިނަދޫގެ ކެޓަލޮގް ތައްޔާރުކުރުން.

9. އިންޓަނޭޝަނަލް  ކޮންޕެރިޒަން  ޕްރޮގަރާމް  (އައި.ސީ.ޕީ)  ގެ  ސަރވޭއިން  އެކުލަވައިލެވޭ  މަޢުލޫމާތު  ގަވާއިދުން  ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް، މި ހިސާބުތައް ކަނޑައެޅިފައިވާ ދުވަހަށް އޭ.ޑީ.ބީ އަށް ފޮނުވުން.

10. އައި.ސީ.ޕީ އާއި ސީ.ޕީ.އައި ނަގާ ހުރިހާ ރަށަކަށް އަގުތައް ޗެކްކުރުމަށާއި ޓްރޭނިންގ ދިނުމަށް ދިއުން.

11. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި އިމްތިޙާން ކުރުން:

- ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ)

- ދިވެހިބަހުންނާއި، އިނގިރޭސިބަހުން ލިޔުން އިބާރާތްކުރުމުގެ ފެންވަރު.

- އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން.

- މާލޭން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި، އެކަމަށް ފަސްނުޖެހުން.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 12:00 އަށް.

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު، ވަޤުފު ބިލްޑިންގ (ސޯޝަލް ސެންޓަރުގެ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް  އެދޭ  ފޯމާއި،  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ  ފޯމު،  މި  ބިއުރޯއިން  ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

10 ޞަފަރު 1438
10 ނޮވެންބަރު 2016