ކުއްޔަށް ދިނުން
ނަންބަރު: (IUL)266/266/2016/93
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 24 ނޮވެންބަރު 2016 12:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ބިން ކުއްޔަށް ދިނުމާބެހޭ

ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ހަމަޖައްސައިފީމެވެ. ވީމާ، މި ސަރަޙައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ބޭނުންފުޅުވާނަމަ، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1– ތެލާއި ގޭހަށް ޚާއްޞަކުރެވިގެން ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަޙައްދުން މި ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 1 ބިމެވެ.

2– ބީލަންފޮތެއްގެ އަގަކީ -/500 ރުފިޔާއެވެ. ފޮތް ވިއްކަވާނީ 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުން ފެށިގެން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:00 އަށް މި އިދާރާއިންނެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

3– ކުއްޔަށް ހިއްޕަވާ ކޮންމެ ބިމަކަށް -/5000 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅުއްވާނީ ޗެކް ނުވަތަ ނަގުދު ފައިސާއެވެ. ޗެކު ހުށަހަޅުއްވާނަމަ ހުށަހަޅުއްވަންވާނީ ބޭންކު ގެރެންޓީ ޖަހާފައިވާ ޗެކެކެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ. ބީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ބިޑު ސެކިއުރިޓީގެ ގޮތުގައި ނެގި ފައިސާ 30 ދުވަހުގެ މުއްދަތުގައި ރައްދުކުރެވޭނެއެވެ.

4– ބީލަން ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެވިފައި އޮންނަންވާނެއެވެ.

5– އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރު 651170 އަދި 6521174 އިން ލިބިވަޑައިގަންނަވާނެއެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016