ޢާންމު މަޢުލޫމާތު
ނަންބަރު: TCL/PROC-TA/2016/039
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 22 ނޮވެންބަރު 2016 10:30
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ތިލަފުށީގައި ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ކ.ތިލަފުށީގެ އަލަށް ހިއްކާފައިވާ ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން (ޓީ.އައި.ޒެޑް) ބިން ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާން ކުރަމެވެ. މި ފުރުޞަތުގައި ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ޓީ.އައި.ޒެޑް ސަރަޙައްދުން 1,300 އަކަފޫޓާއި 20,000 އަކަފޫޓާ ދެމެދުގެ ޖުމްލަ 40 ބިން ކުއްޔަށް ދޫކުރުމަށް ވަނީ ރާވާފައެވެ.

މި ބިންތަކުގައި ކުރުމަށް މި ކޯޕަރޭޝަނުން ބާރުއަޅާ މަސައްކަތްތައް ތިރީގައިވާ ތާވަލުގައި ލިސްޓުކުރެވިފައިވާނެއެވެ.

ބިމުގެ އަދަދު

ބިމުގެ ސަރަޙައްދު

ޒޯންތަކުގައި ކުރުމަށް މި ކޯޕަރޭޝަނުން ބާރުއަޅާ މަސައްކަތްތައް

2

4,056 އަކަފޫޓު - 5,002 އަކަފޫޓު

އަލިފާން ނުހިފާޒާތުގެ ތަކެތި/ ކާނާގެ ބާވަތްތައް ނޫން ތަކެތި ގުދަންކުރުން 

2

5,024 އަކަފޫޓު - 5,056 އަކަފޫޓު

ބަންދުކުރެވިފައިވާ ކާނާ ގުދަންކުރުން

6

7,700 އަކަފޫޓު - 12,466 އަކަފޫޓު

ފަރުނީޗަރު ގުދަންކުރުން

2

12,472 އަކަފޫޓު - 12,842 އަކަފޫޓު

ޖެނެރަލް ހާރޑްވެއަރ ގުދަންކުރުން

2

12,479 އަކަފޫޓު – 12,503 އަކަފޫޓު

ބިލްޑްވެއަރ ގުދަންކުރުން

2

16,704 އަކަފޫޓު - 19,886 އަކަފޫޓު

އިންޑަސްޓްރިއަލް އިކުއިޕްމަންޓް /މެރިން ނުވަތަ ޕަވަރ ޖެނެރޭޓަރު ގުދަންކުރުން

2

20,027 އަކަފޫޓު - 20,067 އަކަފޫޓު

އޮޓޯމޮބައިލް / މޮޓޯރ ވެހިކަލް ގުދަންކުރުން

2

10,028 އަކަފޫޓު - 10,059 އަކަފޫޓު

ކޯލްޑް ސްޓޯރޭޖް

4

1,499 އަކަފޫޓު - 1,501 އަކަފޫޓު

އެއްގަމު އުޅަނދުގެ މެއިންޓެނަންސް (ސާފުކުރުމާއި ކުލަލުން ފަދަ ކަންކަން)

8

2,452 އަކަފޫޓު - 4,032 އަކަފޫޓު

އެއްގަމު އުޅަނދުފަހަރު މަރާމާތުކުރުން

2

2,454 އަކަފޫޓު - 2,462 އަކަފޫޓު

މެޝިން ޝޮޕް (ލޭތު، ބޯރިންގ، ނުވަތަ މިފަދަ މަސައްކަތްތަކަށް)

2

4,029 އަކަފޫޓު - 4,032 އަކަފޫޓު

އޮޓޯމޮބައިލް ލުބްރިކެންޓްސް އަދި ސްޕެއަރޕާޓްސް

2

1,385 އަކަފޫޓު -  1,386 އަކަފޫޓު

މެޓަލް ފެބްރިކޭޝަން މަސައްކަތް

2

3,464 އަކަފޫޓު - 11,366 އަކަފޫޓު

އެލުމިނިއަމް މަސައްކަތް

ވީމާ، މި ސަރަހައްދުން ބިން ކުއްޔަށްހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު "ޓީ.އައި.ޒެޑް އިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކުރުން" މި ސުރުޚީ ޖައްސަވާފައި 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 10:30 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ކޯޕަރޭޝަންގެ ހެޑްއޮފީހަށް ފޮނުއްވުން އެދެމެވެ.

  • ބިމުގައި ކުރަން ބޭނުންވާ މަސައްކަތް
  • މަތީގައި ބަޔާންކޮށްފައިވާ މަސައްކަތަށް އެކަށީގެންވާ ބިމުގެ ބޮޑުމިން

އަދި، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިސްޓުގައި ނުހިމެނޭ މަސައްކަތެއް ކުރުމަށް ޝައުޤުވެރިވެލައްވާނަމަ، އެކަމަކާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ.

ނޯޓު: މި މަޢުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި މަސައްކަތްތަކުގެ ދާއިރާ ދެނެގަތުމަށާއި، ބިން ކުއްޔަށް ދޫކުރުމަށް އިޢުލާންކުރާއިރު، ވީހާވެސް ބޮޑަށް ވިޔަފާރިވެރިން އެދޭގޮތަށް ބިންތައް  ބޭނުންކުރުމުގެ ފުރުޞަތު ފޯރުކޮށްދިނުމަށްޓަކައެވެ.

9 ޞަފަރު 1438

Fen Building/ 4th floor                                                   ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                     އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                    ފޯން: 3307513 ، 3307515   ފެކްސް: 3307514

09 ނޮވެންބަރު 2016