ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/262
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 17 ނޮވެންބަރު 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޯޔަރެއް ބޭނުންވެއްޖެ

މަޤާމް :ލޯޔަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލޯޔަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް / އެސް. ޓީ. އޯ. ގެ ހެޑް އޮފީސް

ޢިނާޔަތްތައް:

- މުސާރައިގެގޮތުގައި މަހަކު -/17000 ރުފިޔާއާއި -/21000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކުންފުންޏަށް ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާދިނުން.

2. އެގްރީމަންޓް ތައްޔާރުކުރުމާއި، އެއަށް ބޭނުންވާ ލަފާދިނުން.

3. ޝަރުޢީ ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުުމާއި، ތަޙުޤީޤީ އިދާރާތަކުގައި ކުންފުނި ތަމްސީލުކުރުން.

ތަޢުލީމީ ތަޖުރިބާ:

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމުގައިވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަަޅަންވާނެއެވެ. (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)

- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.

- މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.

- ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، މިކަންކަމަށް އިސްކަންދީގެން އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ސިވިލް ސަރވިސް/ސަރުކާރަށް ޚިދުމަތްކުރުމަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344261

ވެބްސައިޓު: www.sto.mv

14 ޞަފަރު 1438

13 ނޮވެންބަރު 2016