ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-178-IUL-2016-48
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 23 ނޮވެންބަރު 2016 10:30
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ބައެއް ތަކެތި ހޯދުން

2017 ވަނަ އަހަރު މިމަދަރުސާގެ ކިޔެވުން ފެށެންވާއިރަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މަސައްކަތް

40 ފަންކާ ހޯދުން

2017 ވަނަ އަހަރު ފެށެންވާއިރަށް ކުލަ ހޯދުން

4 ދިދަ (ސްކޫލް އަދި ޤައުމީ)

ވީމާ، މި ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 13:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. އަދި މިވަގުތުގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މަދަރުސާގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016