ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/259
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 17 ނޮވެންބަރު 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓް

މަޤާމް :ފާމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ފާމަސީ އެސިސްޓެންޓް

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް (2 އަހަރުދުވަސް)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ނ. ޅޮހީ ފާމަސީ / މެޑިކަލްސް ޑިޕާޓްމަންޓް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.

* ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ތަނުން ލިބެން ހުންނަ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން.

* ބިލް ހެދުން.

* މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް.

* ރެކްތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލް ޗެކުކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:
* ފާމަސީ އެސިސްޓަންޓް ކޯސް / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން.

* ކޮމްޕިއުޓަރ ސްކިލްސް (ވޯރޑާއި އެކްސެލް)

އެހެނިހެން ހުނަރު:

* މުޢާމަލާތުކުރުމުގެ ހުނަރު.
* ގިނަ ވަގުތު މަސައްކަތުގައި އުޅުވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

- ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.

- މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބެލުމަށްފަހުގައެވެ.

- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓުކުރެވޭ ފަރާތްތަކަށެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344368، 3344179  ފެކުސް: 3344041، ވެބްސައިޓް: www.sto.mv

އީމެއިލް އެޑްރެސް: [email protected]

10 ޞަފަރު 1438

10 ނޮވެންބަރު 2016