ޢާންމު މަޢުލޫމާތު
ނަންބަރު: BML/CORP/2016/073
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 30 ޖަނަވަރީ 2017 14:30
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
33 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ދޫކުރުން

އިޢުލާން
33 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ދޫކުރުން

2016 މޭ 28 ވީ ހޮނިހިރުދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ 33 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ، މިބޭންކުގެ ހެޑްއޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން މިހާރު ލިބެން ހުންނާނެ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން 2017 ޖަަނަވަރީ 30 ވާ ހޯމަދުވަހުގެ 14:30 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ހިއްސާދާރުން، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑްއޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓް ނުވަތަ މިބޭންކުގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.  

9 ޞަފަރު 1438

09 ނޮވެންބަރު 2016