ޢާންމު މަޢުލޫމާތު
ނަންބަރު: 198-MJA-B/2016/01
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 24 ނޮވެންބަރު 2016 14:00
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ

އިޢުލާން

ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ

މި އެކަޑަމީގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ފުރަތަމަ ބުރު 2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން، އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންފޯމު ފުރިހަމަ ކުރައްވައި، ފޯމާ އެކުގައި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރީން، މި އެކަޑަމީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ދުވަސްތަކުގައި މި އެކަޑަމީގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އެކަޑަމީގެ ވެބްސައިޓް (www.judicialacademy.gov.mv) އިން ޑައުންލޯޑު ވެސް ކުރެއްވޭނެއެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016