ކުއްޔަށް ހިފުން
ނަންބަރު: (IUL)GS63-AD/GS63/2016/31
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 13 ނޮވެންބަރު 2016 10:30
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

އިޢުލާން

މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް (ދެ ކޮޓަރިއާއި ސިޓިންގްރޫމާއި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ނޮވެންބަރު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދިވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ސްކޫލް އޮފީހުގައެވެ. ބިޑު ހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާ އެއްގޮތަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ. ވެރިފަރާތް ނޫން އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރައްވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގެންނެވި ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. 

10 ނޮވެންބަރު 2016