ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2016/240
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 01 ޑިސެންބަރު 2016 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އައްޑޫސިޓީ އެވޯޑް 2016' ކުރިމަތިލުން

އިޢުލާން

"އައްޑޫސިޓީ އެވޯޑު 2016" ކުރިމަތިލުން

އައްޑޫސިޓީ ކައުންސިލުން ތަޢާރަފުކުރާ "އައްޑޫސިޓީ އެވޯޑު 2016" އަކީ އައްޑޫސިޓީއަށް އެކިގޮތްގޮތުން ރިވެތިނަމާއި ފަޚުރާއި ޝަރަފު ހޯދާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ހިތްވަރުދިނުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އިނާމެކެވެ. އައްޑޫސިޓީ ކައުންސިލުން "އައްޑޫސިޓީ އެވޯޑު 2016" އަށް އާންމު ކޮށްފައިވާ ގަވާއިދު މި އިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ 4 ގިންތިއަށް ބިނާކޮށްގެންނެވެ. އެއީ

  • ޝަރަފުވެރިކަމުގެ އިނާމު
  • ޚިދުމަތުގެ އިނާމު
  • ހިތްވަރު ދިނުމުގެ އިނާމު
  • މަތީދަރަޖައިގެ އިނާމު

ވީމާ، މި އެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލުގެ އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 'އައްޑޫސިޓީ އެވޯޑު 2016' ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމު އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

8 ޞަފަރު 1438     

08 ނޮވެންބަރު 2016