ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2016/48
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 16 ނޮވެންބަރު 2016 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަދޮވިތަކުގެ ފެން، މަގަށް ބޭރުވުން ހުއްޓުވުމާއި، މަގު ހުރަހަށް ވެލި އަޅައި, މަގު ހުރަސް ހަދާފައިވާ ހުރަސްތައް ނެގުމާބެހޭ

އިޢުލާން

ދިޔަދޮވިތަކުގެ ފެން, މަގަށް ބޭރުވުން ހުއްޓުވުމާއި، މަގު ހުރަހަށް ވެލި އަޅައި, މަގު ހުރަސް ހަދާފައިވާ ހުރަސްތައް ނެގުމާބެހޭ

މިހާރަކަށް އައިސް ވަރަށް ގިނަ ގޭގޭގެ ދިޔަދޮވިތަކުގެ ހޮޅިތައް މަގަށް ގުޅާފައި ހުރުމުގެ ސަބަބުން މަގުމަތީގައި އޮއިވަރު ހެދި އެކަމުގެ ސަބަބުން މަގުތަކުގައި ވަޅުގަނޑު ހެދޭގޮތްވެ، މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވާގޮތް ވަމުން އެބަދެއެވެ. މަގުމައްޗަށް ދިޔަދޮވީގެ ހޮޅި ގުޅުމަކީ ގަވާއިދު ހުއްދަކުރާ ކަމެއް ނޫނެވެ. އަދި މީގެ އިތުރުން، ބައެއް މަގުތަކުގައި ސްޕީޑް ބްރޭކް ހުންނަ ގޮތަށް މަގު ހުރަހަށް އުސްކޮށް ފަސް އަޅައި ހުރަސް ހަދަމުން ދިއުމުގެ ސަބަބުން ފެންބޮޑުވެ ޗަކަ ހެދޭގޮތް އެބަވެއެވެ. މިއިން ކޮންމެ ކަމަކީވެސް މިކަމުގެ ސަބަބުން ރައްޔިތުންގެ އެތައް ބަޔަކަށް އުދަނގޫވެ، މީހުންނަށް ގެއްލުން ލިބުން އެކަށީގެންވާ ކަންކަމެވެ.

ވީމާ، މިކަމަކީ، ގަވާއިދާ ޚިލާފު ކަންކަމަށްވާތީ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މަގު ހުރަހަށް ވެލި އަޅާފައިވާ ހުރަސްތައް ނެގުމަށާއި، 15 ދުވަހުގެ ތެރޭގައި މަގުމައްޗަށް ގުޅާފައިވާ ދިޔަދޮވީގެ ހޮޅިތައް ނަގައި ގޯތިތެރެއަށް ފެން ހިނދޭގޮތް ހެދުމަށާއި، 3 މަސްދުވަހުގެ ތެރޭގައި ދިޔަދޮވި ނުލައި މަގުމައްޗަށް ފުރާޅު ހުރި ހުރިހާ ގެއެއްގެ ފުރާޅުތަކުގައި ދިޔަދޮވި ހަރުކޮށް ނިންމުމަށް އަންގައި، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016