ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FSM-ADV-2016/036
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 15 ނޮވެންބަރު 2016 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ސަޕްލައި ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކ.ތިލަފުށި ސައިޓުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރީ-ފެބްރިކޭޓެޑް 5 ބުރި ޢިމާރާތަށް ބޭނުންވާ ތަކެތި (މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން) ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

09 ނޮވެންބަރު 2016