ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/1/2016/110
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 21 ނޮވެންބަރު 2016 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސޯޝަލް ސަރވިސް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު -/5،610 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ޢިނާޔަތް:

- ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެގޮތުގައި މުސާރައިގެ %35.

- ފީލްޑަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެގޮތުގައި -/100 ރުފިޔާ.

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން:

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް ސެކްޝަން / މާލެ

އަސާސީ ޝަރުޠު:

1. ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

3. ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކަށް ޢަމަލުކުރުމާއި، ކޯޓް އޯޑަރުތައް ތަންފީޒުކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

2. އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެތަންތަނަށް ދަތުރުކޮށް، ވޭދަނައިގެ މަސައްކަތްކުރުން.

3. ކުޑަކުދިންނާބެހޭ ކޯޓުތަކުގައި ހިންގާ ޝަރީޢަތްތައް އަޑުއެހުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި، ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން.

4. ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުގައި ބަދަލު ޕްރޮގްރާމް ހިންގުން.

5. ބަންދުގައި ތިބޭ ކުދިންނަށް ލައިފް ސްކިލްސް ފަދަ ސެޝަންތައް ނެގުމާއި،  ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ވަސޭހަތްދިނުމުގެ ސެޝަންތައް ހިންގުމާއި ހޯމް ވިޒިޓް ހެދުން.

6. ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާ ބެހޭގޮތުން ވޭދަނަ ސިންތާއާއި ވިލީ ސިންތާކުރުން.

7. އިޞްލާޙުކުރުމަށްޓަކައި މުޖުތަމަޢުއަށް އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެގޮތުން ޖަލުގައި ހައްޔަރުކޮށްފައިތިބޭ ކުދިންގެ ހާލަތު މޮނިޓަރ ކުރުމާއި، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ދިނުން.

8. ޤާނޫނާއި ގަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާބެހޭ މުވައްސަސާތަކުން ހުށަހެޅޭ ރިފަލްތަކުގައި ހިމެނޭ ކުދިންގެ އެސެސްމަންޓް ނުވަތަ ސޯޝަލް އިންކުއަރީ ރިޕޯޓް ހެދުން.

9. ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ބަދަލު ޕްރޮގްރާމް ހިންގުމާއި، އާފްޓަރ  ކެއަރ ބެލެހެއްޓުން.

10. ޤާނޫނާއި ގަވާއިދާ ޚިލާފުވާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މުޖުތަމަޢުއިން އެކަހެރިކުރަންޖެހޭ ކުދިންގެ އިޖުރާޢަތުތައް ފުރިހަމަކުރުމާއި، އެކުދިންގެ ހާލަތު މޮނިޓަރކުރުމާއި، ޕްރޮގްރެސް ރިޕޯޓް ހެދުން.

11. އެކަހެރިކުރެވޭ ކުދިން ސެންޓަރުގައި ތިބޭއިރު، އެކުދިންގެ ބެލެނިވެރިން، އެކުދިންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

12. އެކަހެރިކުރެވޭ ކުދިންގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ނިމުމުން، އެކުދިން އަނބުރާ މުޖުތަމަޢަށް ފޮނުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13. ޔުނިޓަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކާބެހޭ ފައިލްތައް ބެލެހެއްޓުން.

14. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ.

- އިންޓަވިއުއާއި ޕްރެކްޓިކަލް

އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

- މި މަޤާމަށް މީހަކު ހޮވުމަށް ދެވޭ  ޕްރެކްޓިކަލްއާއި އިންޓަވިއު އޮންނާނީ، 27 ނޮވެންބަރު 2016 އާއި 27 ޑިސެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.

- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް / އިމްތިޙާނު ކަރުދާހެއް ދެވޭނެއެވެ. އަދި މަސައްކަތު ތިން ދުވަހުގެ ކުރިން، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް އަނަގާ ސްލިޕް، އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލްކުރެވޭނެއެވެ.

- ޕްރެކްޓިކަލްއާއި އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު  ފުރިހަމަކޮށްފައިވާ  ސިވިލް ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި މިނިސްޓްރީގެ www.homeaffairs.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

 10 ޞަފަރު 1438

 

10 ނޮވެންބަރު 2016