ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/76
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 20 ނޮވެންބަރު 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)                      

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްޓޫޑަންޓް ސަރވިސް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރިކޯޑުތައް ބެލެހެއްޓުން.

2. ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުމާއި، ކެރިއަރ ގައިޑެންސާ ގުޅޭ ތަފާތު ސެޝަންސްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން.

3. ދަރިވަރުންގެ ނަފްސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4. މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ސެމިނާރާތަކުގައި ބައިވެރިވެ، އެކަމާބެހޭ މަޢުލޫމަތުތައް ލެކްޗަރާއިންނާ ހިއްސާކުރުން.

5. ދަރިވަރުންގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނަށް ދިނުމާއި، ޓީޗަރުންނާ ގާތް ގުޅުމެއް ބޭއްވުމާއި، ދަރިވަރުންގެ ރިކޯޑުތައް ބެލެހެއްޓުން.

6. ޕޮލިޓެކްނިކުން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްކުރުން.

7. ސްޓާފް މީޓިންގތަކާއި، އެހެނިހެން މީޓިންގތަކުގައި ބައިވެރިވުން.

8. މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.

9. ސެކްޝަން/ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:

1. ކައުންސެލިންގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ކައުންސެލިންގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 21 ނޮވެންބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ www.polytechnic.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ލިބިފައިވާ ހުރިހާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްދީގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިޖެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5- ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

7- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކް (ގ. ރެހެންދި ހިނގުން، 1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ،  2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް، ނުވަތަ 3305405 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016