ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮތޯރިޓީގެ، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ހޯދަން އިޢުލާން ކުރަމެވެ.
|
1. މަޤާމް: |
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ |
|
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
|
މަޤާމް ނަންބަރު |
J-282180 |
|
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
|
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
|
|
މުސާރައާއި ޢިނާޔަތްތައް: |
||
|
މުސާރަ: |
މަހަކު -/7,035 ރުފިޔާ |
|
|
ސަރވިސް އެލަވަންސް: |
މަހަކު -/2,000 ރުފިޔާ |
|
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެއެވެ. |
|
|
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
|
މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން: |
||
|
މަޤާމް އޮތް އޮފީހުގެ ނަން: |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް: |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް |
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
||
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހަދަންޖެހޭ ސޮފްޓުވެއަރތައް ހަދައި، އޮތޯރިޓީގައި އެ ސޮފްޓުވެއަރތައް ބޭނުންކުރުން. 2- ކޮމްޕިއުޓަރުތައް ވައިރަސްތަކުން ސަލާމަތްކުރުން. 3- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ކޮމްޕިއުޓަރުތަކަށް އެޅުން. 4- މަސައްކަތްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން. 5- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންކުރާ ސަރވަރއާއި ފަޔަރވޯލް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންކުރާ ނެޓްވާރކް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 7- އޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓުކޮޕީ ސަލާމަތާއި ރައްކާތެރިކަމާއެކު ފަސޭހައިން ހޯދޭނެ ގޮތަކަށް ބެލެހެއްޓުން. 8- އެކިއެކި ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުން. 9- ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. |
|
|
މަޤާމުގެ ޝަރުޠުތައް: |
||
|
އަސާސީ ޝަރުޠު: |
1. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 5. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު. ގުޅުންހުރި އެހެން ދާއިރާކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
|
2. މަޤާމް |
އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ |
|
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
|
މަޤާމް ނަންބަރު: |
J-134059 |
|
|
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
|
މުސާރައާއި ޢިނާޔަތްތައް: |
||
|
މުސާރަ |
މަހަކު -/4,465 ރުފިޔާ |
|
|
ސަރވިސް އެލަވަންސް |
މަހަކު -/1,500 ރުފިޔާ |
|
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ. |
|
|
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
|
މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން: |
||
|
މަޤާމް އޮތް އޮފީހުގެ ނަން: |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް: |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް |
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
||
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. އޮތޯރިޓީގެ ނެޓްވާކާއި އަދި އޮތޯރިޓީންދޭ ޚިދުމަތްތައް ބޭނުންކުރާ އެހެނިހެން މުއައްސަސާތަކާއި އޮތޯރިޓީއާ ދެމެދުގެ ނެޓްވާކް ކަނެކްޓިވިޓީ ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ޙައްލުކޮށްދީ، އޮތޯރިޓީގެ ނެޓްވާރކް މެއިންޓެއިންކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 2. އޮތޯރިޓީގެ ސާވާތަކަށް ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލުކޮށްދިނުމާއި، ސާވާތަކުގެ ކެޕޭސިޓީ އަޕްގްރޭޑްކުރުމާއި، ސާރވާތައް މެއިންޓެއިންކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 3. އޮތޯރިޓީއަށް ބޭނުންވާ އައި.ސީ.ޓީއާ ގުޅޭ ހާރޑްވެއަރ ދެނެގަތުމާއި، އެތަކެތި ހޯދުމާއި، އިންސްޓޯލްކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، އޮތޯރިޓީގެ ފަޔަރވޯލާއި އެންޓިވައިރަސް ފަދަ އައިސީޓީގެ ސެކިއުރިޓީއާ ގުޅުންހުރި ސޮފްޓްވެއަރއާއި ހާޑްވެއަރ ހޯދުމާއި، އެތަކެތި ބެލެހެއްޓުން. 4. އޮތޯރިޓީގެ ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ މައްސަލަތައް ބަލައި، ވަގުތުން ވަގުތަށް / ދުވަހުން ދުވަހަށް ޙައްލުކޮށްދިނުމާއި، އެތަކެތި މަރާމާތުކޮށްދީ، އެތަކެތި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 5. އޮތޯރިޓީގެ ޕީއޭބީއެކްސްއާއި ފޯނުތައް (އެކްސްޓެންޝަންތައް) ދިމާވާ މައްސަލަތަކަށް ވަގުތުން ވަގުތަށް / ދުވަހުން ދުވަހަށް އެޓެންޑްކޮށް، ޚިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށް ޙައްލުކުރަންޖެހޭ ކަންތައްތައް އެފަރާތަށް ރިޕޯޓްކޮށް، އެ މައްސަލަތައް ޙައްލުކޮށްދިނުން. |
|
|
މަޤާމުގެ ޝަރުޠުތައް: |
||
|
އަސާސީ ޝަރުޠު: |
1- އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. - ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
|
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި، ތަން: |
||
|
އިންޓަވިއު ކުރުން: |
1. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. 2. މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައެވެ. 3. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ. 4. އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
||
|
އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކުރުން އެދެމެވެ. |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6- ދައުލަތުގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ. 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. |
|
|
އިތުރު މަޢުލޫމާތު: |
- ސިވިލް ސަރވިސްގެ ވަޒީފާ އަށްއެދޭ ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. - މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، މި އޮތޯރިޓީގެ 3343420 ނަންބަރު ފޯނަށް، ނުވަތަ 3343421 ނަންބަރު ފޯނަށް ގުޅުން ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ. |
|
9 ޞަފަރު 1438