މަސައްކަތް
ނަންބަރު: (IUL)120/1/2016/79
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 24 ނޮވެންބަރު 2016 11:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިމްތިޙާންކަރުދާސްތަކުގައި ބޭނުންކުރާނެ ސްޓިކަރއެއް ފަރުމާކޮށް، ޗާޕުކުރުން

އިޢުލާން

އިމްތިޙާންކަރުދާސްތަކުގައި ބޭނުންކުރާނެ ސްޓިކަރއެއް ފަރުމާކޮށް، ޗާޕުކުރުން

މި ޑިޕާޓްމަންޓުން ހިންގާ ލޯކަލް އިމްތިޙާންކަރުދާސްތަކުގައި ބޭނުންކުރާނެ ސްޓިކަރއެއް ފަރުމާކޮށް، ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް އަންނަ ފަރާތްތަކަށް އެކަންޏެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016