މަސައްކަތް
ނަންބަރު: (IUL)438-CCS/438/2016/265
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 24 ނޮވެންބަރު 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާ ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް، މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

ދިވެހިރާއްޖޭގެ އިމާރާތް ކުރުމާބެހޭ ޞިނާޢަތް އިތުރަށް ހަރުދަނާ ކުރުމަށް އެނަރޖީ އެފިޝެންޓް ޓެކްނޮލޮޖީތަކާއި ޑިޒައިންތައް އިތުރުކޮށް، އަދި އިމާރާތްތަކުން ހަކަތަ އިސްރާފުވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުގެ ނަމޫނާ އިމާރާތެއް ޤާއިމުކުރުމަށް ސަރުކާރުގެ ހޮވާލެވޭ އިމާރާތްތަކެއް އެސެސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް، ސިޓީއުރައެއްގައި ބަންދުކޮށް، ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް. އިޢުލާނު ނަންބަރު: (IUL)438-CCS/438/2016/265 " 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

10 ނޮވެންބަރު 2016