ނީލަން
ނަންބަރު: (IUL)350-FB/350/2016/63
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި:
13 ނޮވެންބަރު 2016 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް
އިޢުލާން
ސިޓީލާ ނީލަމުގައި 2 ޖަނަރޭޓަރ ވިއްކުމާބެހޭ
މިރަށު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކޮށްފައިވާ ތިރީގައި މިދަންނަވާ 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރު: (IUL)350-FB/350/2016/61 އިޢުލާނަށް އަގު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ ދެ ޖަނަރޭޓަރ ވިއްކާލުމަށް އަލުން އިޢުލާނު ކުރަމެވެ.
ނީލަން ނަންބަރު: 1
- 1 ޖަނަރޭޓަރ (ޑޮއިސް BF6M1015 230KW)
- ކްރޭންކް ބެއަރިންގ ހަލާކުވެފައި.
- ނީލަން ފެށޭ އަގު: -/6,000 ރުފިޔާ.
- މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/200 ރުފިޔާ.
ނީލަން ނަންބަރު: 2
- 1 ޖަނަރޭޓަރ (ޑޮއިސް BF6M1015 184KW)
- ޑައިނަމޯއިން ކަރަންޓް އުފައްދައި ނުދޭ.
- ނީލަން ފެށޭ އަގު: -/6,000 ރުފިޔާ.
- މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/200 ރުފިޔާ.
އިތުރު ތަފުސީލު
- މުއްދަތު ހަމަވާ ތާރީޚު: 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:00
- ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު މި އިދާރާގެ ނޯޓިސްބޯޑުންނާއި ރަސްމީ ފޭސްބުކް ޕޭޖް (secretariat of the mahibadhoo council) އިން ފެންނަން ހުންނާނެއެވެ.
- ސިޓީ ހުށަހަޅާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކިސިޓީއެކެވެ. ހުށަހަޅާ ފަރާތަކަށް ގުޅޭނެ ފޯނު ނަންބަރުވެސް ސިޓީގައި ހިމަނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓިއާއެކު ހުށަހަޅަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަވާ ސިޓީ، މި އިދާރާގެ ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ހުށަހެޅުމުންވެސް ބަލައިގަނެވޭނެއެވެ.
- ނީލަން ނިންމާލެވޭނީ، އަގަށް ބަދަލެއް ނައިސް، އެއް އަގެއްގައި ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ހިމަނައިގެން) އޮތުމުންނެވެ.
- ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ލިޔުމަކުން އެކަން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދުމަށް، ނަންބަރު: 9780006، 6680773 އަށް ގުޅުން އެދެމެވެ.
7 ޞަފަރު 1438
07 ނޮވެންބަރު 2016