ދިވެހިރާއްޖެ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/IU/2016/03 އަދި HRH/IU/2016/04 އިޢުލާނުގައި މަޢުލޫމާތުގެ މައްސަލަ އުޅޭތީ، މި އިޢުލާނާ ހަވަލާދީފައިވާ ނަންބަރު: HRH/IU/2016/011 އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުން އޮންނާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 ނޮވެންބަރު 2016 ވާ އަންގާރަދުވަހުގެ 10:00 އެވެ.
ބީލަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރައްވަންވާނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ސިޓީ / ދިވެހިރާއްޖެ
ޓެންޑަރ ކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައި މިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ.
ހ- ށ- |
ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ބީލަން ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަން |
15 ޕޮއިންޓް 15 ޕޮއިންޓް |
ނ- |
މަސައްކަތް ކުރުމަށް ހުށަހަޅާ އަގު |
70 ޕޮއިންޓް |
|
ޖުމްލަ ޕޮއިންޓް |
100 ޕޮއިންޓް |
6 ޞަފަރު 1438