ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރު ސްކޫލުގެ ކިޔެވުން ފަށައިގަތުމަށްޓަކައި މި ސްކޫލުގެ ހުރި ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، އަދި ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަވެސް ދެންނެވީމެވެ.
| # | ތަފުސީލު | 
| 1 | ނޯޓިސްބޯޑު މަރާމާތުކުރުން | 
| 2 | ސްކޫލުގެ ވޯކުވޭގައި ގައުބްލޮކް ބަދަލުކުރުން | 
| 3 | ޑެސްކު މަރާމާތުކުރުން | 
| 4 | ދަރިވަރުންގެ ފާޚާނާގެ ތަޅުމުގައި މުށިޖެހުން | 
| 5 | ކްލާސްރޫމުގެ ދޮރުފަތުގެ ތަޅު ބަދަލުކުރުން | 
| 6 | ޕާޓިޝަން މަރާމާތުކުރުން | 
6 ޞަފަރު 1438