ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/242
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 22 ނޮވެންބަރު 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރ

މަޤާމް :ގްރެފިކްސް ޑިޒައިނަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  މިނިސްޓްރީގެ  ނަންބަރު  (IUL)138-AS4/1/2016/211 (9 އޮކްޓޫބަރު 2016) ގެ  އިޢުލާނަށް  އެކަށީގެންވާ  ފަރާތްތަކުން  ކުރިމަތިލާފައިނުވާތީ،  އެ  އިޢުލާން  ބާޠިލުކޮށް،  އެ  މަޤާމަށް  އަލުން  އިޢުލާން  ކުރަމެވެ.

މި  މިނިސްޓްރީގެ  ޕަބްލިކް  ރިލޭޝަންސް  ޔުނިޓުގެ  މަސައްކަތާ  ގުޅިގެން،  އޯޑިއޯ  ވިޜުއަލް  މެޓީރިއަލްސް  ތައްޔާރުކުރުމަށާއި ބިލްބޯޑުތައް ފަރުމާކުރުމަށް 2 އަހަރުދުވަހުގެ މުއްދަތަށް، މި މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގައި މަސައްކަތްކުރުމަށް "ގްރެފިކްސް ޑިޒައިނަރ" ގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ،  މި  މަސައްކަތްތަކަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  ނޮވެންބަރު  22  ވާ  އަންގާރަ ދުވަހުގެ  12:00  ގެ  ކުރިން،  އެމީހެއްގެ  ވަނަވަރާއެކު،  މި  މިނިސްޓްރީއަށް،  ލިޔުމުން  ހުށަހެޅުން  އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު،                 

މާލެ، ދިވެހިރާއްޖެ.

ފޯން: 3004340 ފެކްސް: 3004301

އީ-މެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

9 ޞަފަރު 1438

09 ނޮވެންބަރު 2016