ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/241
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 24 ނޮވެންބަރު 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  މިނިސްޓްރީގެ  ނަންބަރު  (IUL)138-AS4/1/2016/221 (20 އޮކްޓޫބަރު 2016) ގެ  އިޢުލާނަށް  އެކަށީގެންވާ  ފަރާތްތަކުން  ކުރިމަތިލާފައިނުވާތީ،  އެ  އިޢުލާން  ބާޠިލުކޮށް،  އެ  މަޤާމަށް  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-251800

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/8835 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮމޭޝަން ޓެކްނޮލޮޖީ / އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ  އިންފޮމޭޝަން  ޓެކްނޮލޮޖީ /  އިންފޮމޭޝަން  ޓެކްނޮލޮޖީ  މެނޭޖްމަންޓް، މިއިން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮމޭޝަން ޓެކްނޮލޮޖީ / އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ  އިންފޮމޭޝަން  ޓެކްނޮލޮޖީ /  އިންފޮމޭޝަން  ޓެކްނޮލޮޖީ  މެނޭޖްމަންޓް  މިއިން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ އިންފޮމޭޝަން ޓެކްނޮލޮޖީ / އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިޔުޓަރ ސައިންސް / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގ  އިންފޮމޭޝަން  ޓެކްނޮލޮޖީ /  އިންފޮމޭޝަން  ޓެކްނޮލޮޖީ  މެނޭޖްމަންޓް،  މިއިން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އައި.ސީ.ޓީއާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އައި.ސީ.ޓީ ޕްލޭނުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

2. އައި.ސީ.ޓީ ސެކްޝަނުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

3. އައި.ސީ.ޓީ ސެކްޝަނުން ކުރާ މަސައްކަތްތަކުގައި، ފަންނީގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި އެކަންތައްތަކަށް މަގުފަހިކޮށްދިނުން.

4. އައި.ސީ.ޓީ ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތްތައް ނިންމާތޯ ބެލުން.

5. މިނިސްޓްރީގެ ސެކްޝަންތަކާއި ޔުނިޓުތަކަށް ބޭނުންވެގެން އައި.ސީ.ޓީއާ ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

6. އައި.ސީ.ޓީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުން.

7. ސެކްޝަނުގެ މުވައްޒަފުން މަސައްކަތްކުރާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި، ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، މި ދާއިރާގެ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރާއި، އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.

5. ވިސްނުންތޫނުކަމާއި، ޕްރެޝަރުގައި މަސައްކަތްކުރުމުގެ ހުނަރު ހުރުން.

6. ވިންޑޯސް ސަރވަރ، ޕީއޭބީ އެކްސް އަދި ޕްރޮގްރާމިންގ ލޭންގުއޭޖަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

7. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ދިނުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 2016 ނޮވެންބަރު - ޑިސެންބަރުމަހުގެ ތާރީޚެއްގައި، މާލޭގައެވެ.

- އިންޓަވިއުއާއި ޕްރެޒެންޓޭޝަނަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް، ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016