ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2016/68
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 20 ނޮވެންބަރު 2016 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސަރވިސްގެ ނަންބަރު (IUL)167-HR/167/2016/43 (3 އޮކްޓޫބަރު 2016) ގެ އިޢުލާނުގައިވާ މެޑިކަލް އޮފިސަރ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްކަންދެވޭނީ ދިވެހިންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ، ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ހޮވޭނެއެވެ.

މަޤާމް: މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެމް. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: މެޑިކަލް ސަރވިސް

މުސާރަ: މަހަކު -/15،090 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3،500 ރުފިޔާ

ނޮން ޕްރެކްޓިސް: މަހަކު 5,281/50 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،800 ރުފިޔާ

އެކޮމޮޑޭޝަން އެލަވަންސް: މަހަކު -/2،500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލޭ ޖަލު

ފެންވަރު ނުވަތަ ޝަރުޠު:

1- އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ޑިގުރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 (އެކެއް) އަހަރުދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 3 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން.

2. ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް، ބަލިމީހުން ބެލުން (ހަފުތާއަކު މަދުވެގެން އެއްފަހަރު)

3. ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން، އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

4. ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރކުރުމާއި، ފޮލޯއަޕްސް މޮނިޓަރކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- ތަޢުލީމީ ފެންވަރު.

- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

- މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- ހުށަހަޅާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމު ބާޠިލްކުރެވޭނެއެވެ.

- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގިފަހުން ތިން މަސްދުވަސް ހަމަނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.

- ފުރާފައިވާ، މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު (ބިދޭސީން)

- ބިދޭސީއެއްނަމަ، މި އިޢުލާނުގައިވާ ލިޔެކިއުންތަކުގެ އިތުރުން، މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމުގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

(ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި، ޞަފުޙާ ނަންބަރު ޖަހާފައެވެ.)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

6 ޞަފަރު 1438

08 ނޮވެންބަރު 2016